ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ ބޮޑު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން އެ ހޮސްޕިޓަލުގެ ގޯތިތެރޭ އިތުރު ވޯޑް ބްލޮކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގެ އޯޕީޑީ އަދި ލެބް ސަރަހައްދު މަރާމާތު ކޮށް، އާ ދުވާރު ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލް ބޮޑު ކުރުމުގެ ޕްރޮޖެކްޓަކީ 30.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓާ އެ ކުންފުނިން ހަވާލުވެފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހު ކަމަށް އެމްޓީސީސީން ބުނެއެވެ.