ޚަބަރު

16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

އައިދާ އަބްދުލް ހަކީމް

16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަން ނ، ރ، ބ، ހިމެނޭ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަގޫ ކުރާ މައްސަލައެއް މިމަހުގެ ހަތަރުވަނަ ދުވަހު ފުލުުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އެކުއްޖާއާ އެކި ދުވަސްމަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުހުން ބުންޏެވެ.