ޚަބަރު

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގުރުއާން ޓީޗަރުގެ ބަންދަށް 15 ދުވަސް

އަލީ ޔާމިން

ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގުރުއާން ޓީޗަރު ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރެވިފަ އިވާ ކަމަށާއި އޭނާގެބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ މީހާގެ މައްސަލަ ހުށަހަޅާފައިވަނީ ނޯތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން ކަމަށާއި އެ މައްސަލައިގައި ހިމެނެނީ ރަށެއްގައި ގުރުއާން ކްލާސް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.