ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އައްޑޫ އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
ކޮވިޑް 19 ވަބާއާ ގުޅިގެން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން އެލައިޑުން އަންނަނީ އެކުންފުނީގެ އޮފީސްތައް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތް ދެމުންނެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށް ސަރުކާރުން ދިން ލުއިތަކާއެކު އޮފީސްތަކާއި ފިހާރަތައް ވެސް މިހާރު ދަނީ ކަސްޓަމަރުން ގޮސްގެން ހިދުމަތް ދެވޭ ގޮތަށް ހުޅުވާލަމުންނެވެ.
އެލައިޑުން ބުނީ، މިއަދުން ފެށިގެން ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު އައްޑޫ އޮފީސް ހުޅުވިފައި ހުންނާނެ ކަމަށެވެ. އޮފީސް ހުޅުވިފައި ހުންނާނެ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ.
އެ ކުންފުނިން ބުނީ، އައްޑޫ އޮފީހުން ވެސް ހިދުމަތް ދޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން މާސްކު އަޅަން ބާރުއަޅާއިރު އިޖުތިމާއީ ގައިދުރުކަން ބަހައްޓަންޖެހޭނެ ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑުގެ ރީޖަނަލް އޮފީހެއް ހަމައެކަނި ހުޅުވާފައި ހުންނަނީ އައްޑޫގައެވެ.