ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން މެޗެއް ބައްލަވައިފި

މަރިޔަމް ޝަހުދާ

ރޭ ސޯލްޓް ކެފޭގައި ލިިވަޕޫލްގެ ދިވެހި ސަޕޯޓަރުންނާއެކު ރައީސް މައުމޫން ލިވަޕޫލްގެ މެޗެއް ބައްލަވައިފިއެވެ.

ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗް ސޯލްޓް ކެފޭގައި ބެއްލެވުމަށް ލިވަޕޫލްގެ ސަޕޯޓަރުންނަށް ދައުވަތު ދެއްވާފައި ވަނީ ވެސް ރައީސް މައުމޫނެވެ. މެޗަށް ފަހު ރައީސް މައުމޫން ވަނީ ލިވަޕޫލް މެޗް ކާމިޔާބު ކުރުމުން އެކަމާ އުފާ ފާޅުކުރައްވައި ޓްވީޓެއް ވެސް ކުރައްވައިފައެވެ.

ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބްގެ މެމްބަރުންނާއި ގުޅިވަޑައިގެން މެޗް ބެލުމުގެ ކަންކަން ރައީސް މައުމޫން ކުރިއަށް ގެންދަވައިފައިވާއިރު، މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުން ވަނީ ރައީސް މައުމޫނަށް އެމީހުންގެ މެމްބަރޝިޕް ކާޑުގެ އިތުރުން ޖާޒީވެސް ހަދިޔާކޮށްފަ އެވެ.