މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މީރާގެ ޗެއާޕާސަންއަށް 17،000، ޑެޕިއުޓީއަށް، 16،000 މެންބަރަކަށް 15،000 ރުފިޔާ ދޭން ފާސްކޮށްފި

އިބްރާހިމް ޒަކީ

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ގެ މުސާރައަށް 17،000، ޑެޕިއުޓީ ޗެއާޕާސަންގެ މުސާރައަށް، 16،000 އަދި ބޯޑު މެންބަރެއްގެ މުސާރަޔަށް 15،000 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސްކޮށްފައި ވަނީ، މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާަކޮށް، މުސާރަތައް އެގޮތަށް ކަނަޑައަޅައި މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ހިމަނައި ގެންނެވެ.

އެ ކޮމިޓީން އެ މައްސަލަ ބަލައި އެ މަގާމުތަކަށް މުސާރަތައް ހަަމަޖެއްސީ، ޓެކްސްނެގުމާބެހޭ އިދާރީ ގާނުނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް 12 ސެޕްޓެމްބަރު 2019 ގައި އަމަލު ކުރަންފެށުމާއި ގުޅިގެން މީރާގެ ބޯޑު މެންބަރުންނަށް މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލަކާ ގުޅޭގޮތުން ލަފައަކަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހުށަހަޅާފައިވާ މައްސަލަައާ މެދު ކޮމިޓީން މަޝްވަރާ ކުމަށްފަހުގައެވެ.

އެ މަގާމުތަކަށް ކޮމިޓީން ރިޕޯޓުގައި ކަނޑައަޅާފައިވަނީ މުސާރަ އެކަންޏެވެ.

އެއްވެސް އެލަވަންސެއް ދިނުމަށް ކަނޑައަޅާފައެއް ނުވެއެވެ.