ކޮންމެ ވަގުތަކުވެސް ވޯކް ވިސާއަށް އެދި ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން ހަދައިފި އެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ވޯކް ވިސާއަށް އެދި ހުށަހެޅުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ އާންމު ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރު އޮފީސްތައް ހުޅުވުމަށް ހުއްދަ ލިބުމުން ކަމަށެވެ.
މީގެ އިތުރުން އިމިގެރޭޝަނުން ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށްފަހު ފުރަތަމަ ދައްކާ ވިސާ ފީ ޕޭމަންޓް ވެސް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، ވިސާފީއާ ބެހޭ ހުރިހާ ކަމެއް މިހާރު އޮންލައިންކޮށް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ ކުރިން އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮވިޑް 19އާ ގުޅިގެން މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރަން ހުށަހަޅައި އޮންލައިންކޮށް ފައިސާދެއްކޭނެ ގޮތް ވެސް ހަމަޖައްސައިފައެވެ. އެގޮތުން މިހާލަތުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ [email protected] އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.