ރައީސް އޮފީސް

މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ބޭފުޅަކު، އަދި މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ބޭފުޅަކު ޢައްޔަން ކުރައްވައި، މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ، ހދ. ކުޅުދުއްފުށި، ސަބުނަމީގެ، އައްޝައިޚް އިބްރާހީމް ރަޝީދު ހަސަންއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޕިންކްހައުސް، އަލްއުސްތާޛާ ޝިޔާމާ މުޙައްމަދެވެ.