ޚަބަރު

މާލެ އާއި ވިލިމާލެެއާ ދެމެދު ކުރާ ފެރީ ދަަަތުރުތައް އިތުރު ކޮށްފި

މަރިޔަމް ޝަހުދާ

މާލެ އާއި ވިލިމާލެެއާ ދެމެދު އެމްޓީސީސީން ކުރާ ފެރީ ދަަަތުރުތައް އިތުރު ކޮށްފި އެވެ.

އެމްޓީޓީސީންް މައުލޫމާތު ދިން ގޮތުގައިި ފެރީ ދަތުރުތައްް އިތުރު ކޮށްފައިވަނީ ލޮކްޑައުންއަށް ލުއިތަކެއް ގެނައުމުގެ ސަބަބުންނެވެ. އަދި ހައެއް ޖޫން އިން ފެށިގެން ފެރީ ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ޝެޑިއުލްް އެމްޓީސީސީން ވަނީ އާންމު ކޮށްފައެވެ.

މީގެ އިތުރުން މި ނިންމުމަކީ މި ދަނޑިވަޅުގައި ވީހާވެސް ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ކޮވިޑް 19ގެ ހާލަތަށް އަންނަ ބަދަލުތައް ބަލަމުން އަންނަ ކަަމަށެވެ. އަދި ސަރުކާރުގެ އިރުޝާދާ އެއްގޮތަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި އެމްޓީސީސީގެ ޓްރާންސްޕޮޓޭޝަން ޑިވިޝަނުގެ މުވައްޒަފުން ކުރާ މަސައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާ ކޮށްފައެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ ޓްރާންސްޕޮޓޭޝަން ޑިވިޝަނުގެ މުވައްޒަފުން އަންނަނީ 11 އަތޮޅަކަށް ކާގޯ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.