އަލީ ޔާމިން
އިންޑިއާގެ ހިލޭ އެހީގެ ދަށުން ދެރަށެއްގައި އިމާރާތްކުރާ ކްލާސްރޫމްތަކުގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ހަވީރު ކުރި ޓްވީޓެއްގައި ބުނީ، އެގައުމުގެ ހިލޭ އެހީގެ ދަށުން ނ. ޅޮހި އަދި ރ. ކިނޮޅަހު ސްކޫލުގައި އިމާރާތްކުރާ ކްލާސްރޫމްތަކުގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކޮންކުރީޓުގެ މަސައްކަތުން ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އެހީތެރިކަމާއެކު ފަށާފައިވާ 18 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށްވެސް ހައި ކޮމިޝަނުން ބުނެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތު އެ ގައުމުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްދާ މަޝްރޫއުތަކުގެ އަގު 106 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.