ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގެ މަސައްކަތްކުރާ ސައިޓުތަކުގެ ހާލަތު ބަލައި ފިޔަވަޅުއެޅުމަށް ރައީސް އަމުރުކުރައްވައިފި

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުގެ ހާލަތު ބަލައި އިންސްޕެކްޓްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި މި ވަގުތު އިންޑިއާގައި ހުންނެވި ރައީސް ސޯލިހު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މާލޭގައި މަސައްކަތް ކުރާ ހުރިހާ ކޮންސްޓްރަކްޝަން ސައިޓު ތަކުގެ ސަލާމަތީ ކަންތައްތައް ހިމެނޭ ގޮތުން އެ ތަންތަނުގެ އިންސްޕެކްޝަނެއް މިހާރުން މިހާރަށް ހަދަން އަޅުގަނޑު އަމުރުކޮށްފިން." ކަމަށެވެ.

ރައީސް ވިދާޅުވީ އެކަންތައްތައް ބެލުމަށް ފަހު އާންމު ރައްޔިތުންނާއި މަސައްކަތްކުރާ މީހުންގެ ސަލާމަތަށް ޓަކައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހެޔޮދުއާ ވަނީ އަނިޔާ ލިބުނު ކުޑަކުއްޖާ އާއި އެކުއްޖާގެ އާއިލާއާ އެކު." ރައީސް ވިދާޅުވި އެވެ.