ޚަބަރު

ޔުނިވާސަލް އެންޓަޕްރައިޒެސް ގެ ފަރާތުން 20،200 ޓެސްޓްކިޓު ހަދިޔާ ކޮށްފި

މަރިޔަމް ޝަހުދާ

ޔުނިވާސަލް އެންޓަޕްރައިޒެސް ގެ ފަރާތުން ކޮވިޑަށް ޓެސްޓުކުރާ 20،200 ޓެސްޓްކިޓު ހަދިޔާ ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޔުނިވާސަލް އެންޓަޕްރައިޒެސް އިން ހަދިޔާކުރި މި ޓެސްޓު ކިޓުތަކަކީ ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ލެބޯޓްރީ ޓެސްޓު ކުރުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާ ކުރި ޓެސްޓު ކިޓުތަކެކެވެ.

ޔުނިވާސަލް އެންޓަޕްރައިޒެސް އިން ހަދިޔާ ކުރި ޓެސްޓު ކިޓުތަކާ ހަވާލުވެވަޑައިގަތުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިޒެސްގެ ފަރާތުން ސަރުކާރަށް ލިބޭ އެހީތެރިކަން ފާހަގަ ކުރައްވައިފައެވެ. އަދި މި ކަމަށް އެ ކުންފުންޏަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވިއެވެ.

ކޮވިޑް 19ގެ މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުންނާއި، އެކި ވިޔަފާރިތަކުން އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.