ސިނަމާލެ ބުރިޖު މަތީން ކަނޑަށް ފުންމާލި މީހަކަށް އައިޖީއެމްޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ބުރިޖު މަތީން ކަނޑަށް ފުންމާލި ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު 15:46 ހާއިރުކަމަށެވެ. ފުލުހުންގެ ލޯންޗެއްގައި ގޮސް އެމީހާ ނަގައި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދާދި ދެންމެޔަކު ބުނީ ފަރުވާދެމުން އަންނަނީ 31 އަހަރުގެ އިންޑިއާގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ ހާލަތާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.