ޚަބަރު

ވިހެއުމުގެ ކުރިން މާބަނޑުމީހާގެ ބަނޑަށް 4 ކުދިން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޑރ. ވަހީދު

އައިދާ އަބްދުލް ހަކީމް

3

މިދެމަސްތެރޭ ވިހެއުމުގެ ކުރީން މާބަނޑު މީހާގެ ބަނޑަށް ހަތަރު ކުދީން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މި ދިމާވި ދަތި އުނދަގޫ ހާލަތުގައި ސިއްހީ ދާއިރާ ފެނިގެންދަނީ އުންމީދު ކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި ކޮވިޑާއި ގުޅުން ނެތް ބަލިތަކަށް ދޭން ޖެހޭ ސަމާލުކަން އިތުރުކޮށް އެފަދަ މަރުތައް މަދުކުރުމަށް ސިއްހީ ދާއިރާއިން ސަމާލުކަންދިނުމަށް ޑރ. ވަހީދު ވަނީ ގޮވާލައްވައިފައެވެ.

ދާދި ފަހުން ށ. ނަރުދޫ އާއި އއ. ތޮއްޑޫ އަދި ދ. ކުޑަވަހުދޫގައި މިފަދަ ހާދިސާ ތަކުގައި 4 ކުއްޖަކު ވަނީ މަރުވެފަ އެވެ. މި ހަތަރު މައްސަލައިގައިވެސް ސިއްހީ މަރުކަޒުތަކުގެ އިހުމާލު އޮތްކަމަށް އެއާއިލާތަކުން ވަނީ ބުނެފައެވެ. އަދި ކޮވިޑާއި ގުޅިގެން އެއްރަށުން އަނެއްރަށަށް ދިއުމުގެ ދަތިކަން ކުރިމަތިވެފައިވާތީ ބައެއް މީހުންގެ ފަރުވާ ލަސްވެފައިވާ ކަމުގެ ޝަކުވާތައް ގިނަވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟