ޚަބަރު

ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގެންފި

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގެންފި އެވެ.

ރައީސްގެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގިނަ ކަންތައްތަކަކަށް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ފާހަގަކުރައްވާފައި ވަނީ ދެގައުމުގެ ދެމެދުގައި ވިސާގެ ލުއިފަސޭހަތަކެއް ގެނައުމަށް އެއްބަސްވުމެވެ.

ދަތުތުރުފުޅުގައި ދެވަނައަށް ކުރައްވާނެ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި އިންޑިއާގެ އެހީ ހޯދުމާ ގުޅިގެން ވާހަކަފުޅު ދެއްކެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދާއިރާ އާއި ސަގާފީ ކަންކަމާއި ދިފާއީ ކަންކަމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްވެސް އެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ.