ޚަބަރު

މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުންނަށް ވިިޔަފާރި ކުރުމަށް ދޫކުރެވިފައިވޭ: ފުލުހުން

މަރިޔަމް ޝަހުދާ

މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުންނަށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވިފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ކޮވިޑް 19ގެ ކަންކަމާއި ގުޅިގެން ގާއިމް ކޮށްފަައިވާ ފުލުހުންގެ ސިޗުއޭޝަން ރޫމްގެ މައުލޫމާތު އާންމުންނާއި ހިއްސާ ކުރުމަށް ހުޅުވާފައިވާ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.

އެގޮތުން ލޮކްޑައުންގެ ހާލަތުގައި ޖުމުލަ 24،705 މީހަކަށް ޝޮޕިންގް ޕާމިޓް ދީފައިވާ ކަމަށް ސިޗުއޭޝަން ރޫމުން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ހުއްދަޔަށް އެދެވޭނެ ކަމަށް ދާދި ފަހުން ފުލުހުން ވަނީ ބުނެފަ އެވެ.

ކޮވިޑް 19 ފެނި، މާލެ ސަރަހައްދު ލޮކްޑައުން ކުރެވުމާއެކު، ގޭބިސީއަކުން ފިޔަފާރި ކުރުމަށް ނިކުތުމުގެ ހުއްދަ ދީފައިވަނީ އެ ގޭބިސީއެއް ހިމެނޭ ވަކި ޒޯނެއްގައި އެންމެ މީހަކަށެވެ. ނަމަވެސް ލޮކްޑައުންއަށް ދިން ލުއި ތަކާއެކު، ގޭބިސީއަކުން ތިން މީހުންނަށް ހުއްދަ ދިނުމުގެ އިތުރުން، ވަކި ޒޯނެއްގައި އުޅެވޭ ގޮތަށް ކުރިން އޮތް ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ވަރަށް ގިނަ ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.