ޚަބަރު

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުވައިފި

މަރިޔަމް ޝަހުދާ

ނަލަހިޔާ ކައިރީގައި އިމާރާތް ކުރަމުން ގެންދިޔަ އިމާރާތަކުން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާ ޒަޚަމްވުމާ ގުޅިގެން، މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މާލޭގައި އިމާރާތްކުރުމަށް ދީފައިވާ ހުއްދަތައް ވަގުތީ ގޮތުން އުވާލާފައި ވާއިރު، އިމާރާތް ކުރުމުގެ އިތުރު މަސައްކަތްތައް ދެން މާލޭގައި ކުރިއަށް ގެންދެވޭނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ އަލުން ހޯދައިގެންނެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗްގައި ސިޓީ ކައުންސިލުން ހާއްސަ ޕްރެސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ވަން އޮންލައިން"އަށް ވިދޅުވި އެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 9 އަހަރުގެ ބިދޭސީ އަންހެން ކުއްޖަކަށެވެ.