ޚަބަރު

އައްޑޫ ސިޓީން މީހަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫން މީހަކު ގެއްލިފައިވާ ކަމަށް މިރޭ 7:40 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ 52 އަހަރުގެ އަންހެނެއް ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް އޭނާ އެނބުރި ގެއަށް އައިސްފައިނުވާތީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.