ސޭވިން އެކައުންޓްގައި ފައިސާ ބަހައްޓައިގެން ލިބޭ އިތުރު ފައިސާ ހަރާމްވާނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޭވިން އެކައުންޓަކީ ރިބާ އެކައުންޓެއް ކަމަށާއި އޭގައި ލާރި ބަހައްޓައިގެން ލިބޭ އިތުރު ފައިސާ ހަރާމްވާނެ ކަމަށެވެ.
އަދި ޒައިދުގެ ޓުވީޓުގައި ވަނީ އަމިއްލަ ފަރުދީ ވާޖިބު، އަމިއްލަ ޒިންމާ އަދާކުރުމަށާއި ރިބާ އެކުލެވޭ ސޭވިން އެކައުންޓް ބަދަލުކުރުމަށް ވެސް ގޮވާލައްވައިފައެވެ.
މީގެއިތުރުންވެސް ޒައިދުގެ އެޓުވީޓުގައި ޒަރޫރީ ނަމަ ކަރަންޓް އެކައުންޓް ގެންގުޅުމަށް ގޮވާލައްވައި ރިބާގެ އެންމެ ރުފިޔާއެއްވެސް ހަލާލު ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.