ޚަބަރު

މާލޭގައި ހިންގި ހަމަނުޖަމަކާ ގުޅިގެން އެކަކު ހައްޔަރުކޮށް، ޝާމިލްވާ މީހުން ހޯދަނީ

އަލީ ޔާމިން

މާލޭގައި އިއްޔެ ހަމަނުޖެހުން ހިންގި ބަޔަކަ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ މެންދުުރު 13:30 އެހައިކަންހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީތައް އޮންނަ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭކަމަށް ސީސީ ޓީވީތަކުން ފެނިގެން އެތަނަށް ފުލުހުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން އެތަނަށް ގޮސް ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލައިގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.