ލައިފް ސްޓައިލް

ކައިލީގެ ގޭގައި އޭނާގެ ލިޕް ކިޓްސްއާ ވައްތަރުގެ މޭޒެއް

ކްރިސްމަސް އަދި އާ އަހަރަށް ބޭރުގެ ގިނަ ބަޔަކު ތައްޔާރުވަމުން އަންނަ އިރު، ތަރިން އަންނަނީ އެމީހުންގެ ގެތައް ޒީނަތްތެރިކުރާ ގޮތްވެސް ފޭނުންނަށް ހިއްސާ ކުރަމުންނެވެ.

ކައިލީ ޖެނާ ވެސް ވަނީ އޭނާގެ ގޭގައި ޒީނަތްތެރި ކޮށްފައިވާ ކްރިސްމަސް ޓްރީ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. މިއާއެކު އެ ގޭގައި ހުންނަ ފަޔާޕްލޭސް ވެސް ކައިލީ ވަނީ ހިއްސާކޮށްފައެވެ.

ކައިލީގެ ދަރިފުޅު ސްޓޯމީގެ އިސްޓާކީން ފެންނަ ގޮތަށް ހުރި މި ފޮޓޯއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކްރިސްމަސް ޓްރީގެ ފަހަތުގައި ހުރި މޭޒެވެ. އެ މޭޒުގެ ޑިޒައިން ހުރީ އޭނާގެ ބްރޭންޑުން ނެރޭ ލިޕް ކިޓްގައި ހުންނަ ޑިޒައިނަށެވެ.

ކައިލީގެ ފޭނެއް މިވަނީ އެ މޭޒުގެ ހުރިހާ ތަފްސީލެއް ހާމަކޮށްފައެވެ. މި ތަފްސީލުން އެނގޭ ގޮތުގައި އެ މޭޒަށް ކައިލީ ވަނީ 30 ހާސް ޑޮލަރު ހޭދަކޮށްފައެވެ. ރަން ކުލައިގެ ޑިޕިން ފެންނަހެން ހަދާފައިވާ މި މޭޒަކީ ޒިޕެންގް ޓޭން ކިޔާ ޑިޒައިނަރަކު ހަދާފައިވާ މޭޒެކެވެ.

ކައިލީގެ ހުރިހާ ލިޕް ކިޓް ތަކެއްގައިވެސް ބްރޭންޑް ކުރުމަށް އެ ޑިޕިން ހުންނަނީ ބޭނުން ކޮށްފައެވެ. ކައިލީ ގެ ލިޕް ކިޓްސް ތަކަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ލިޕް ކިޓްސް ތަކެކެވެ.