ޚަބަރު

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހާޝިމްގެ މައްސަލަ ކޯޓަށް ފޮނުވައިފި

1

އުތުރުގެ ރަށެއްގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު ފިރިހެން ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހާޝިމް އަބޫބަކުރަށް ދައުވާކުރުމަށްފަހު އެ މައްސަލައިގައި ގޮތެއް ނިންމުމަށް ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.

ހާޝިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެރަށުގެ ގެއެއްގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް އެރަށުގެ އާންމު ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.

ހާޝިމް އެ ކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާކަމަށް ބުނާ ވީޑިއޯތައް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ކުށުގެ ދައުވާ ހއ. ހޯރަފުށީ، އަންދަލީބުގޭ ހާޝިމް އަބޫބަކުރުގެ މައްޗަށް ކޮށް، ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟