އިބްރާހިމް ޒަކީ
ހުޅުމާލޭގައި ދިރުޅޭ ފަރާތްތަކަށް، ކާރު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާބެހޭގޮތުން، އެޗްޑީސީއާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި، އެޗްޑީސީން ކަމާބެހޭ އެއްބަސްވުން އެލަވައިލުމުން އޭގައި ސޮއިކޮށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކާރު ރަޖިސްޓްރީ ކުރުމަށް ހުއްދަ ދިނުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ރާވާފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ރޭ ބޭއްވި ވާޗުއަލް ބައްދަލުވުމުުގައި ބައިވެރިވެވަޑައިގެން އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކާރު ރަޖިސްޓްރީ ކުރުުމުގެ ހުއްދަ ލިބިފައި ނެތް މައްސަލަޔާ ބެހޭގޮތުން، ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، "ހުޅުމާލޭ ޓެކްސީ ކަންތައް އެކޮޅުން (އެޗްޑީސީ)ން ބޭނުންވެގެން އެ މައްސަަ ހުށަހަޅާފައިވާ،" ކަމަށެވެ.
އެކަމުގައި އެފަރާތާއެކު ބާއްވަން ޖެހޭ މީޓިންތައް ބާއްވައި، އެކަމާ ބެހޭގޮތުން މިނިސްޓްރީން ދައްކަން ޖެހޭ ވާހަކަ ދައްކައި، އެމްއޯޔޫ ތައްޔާރު ކުރަންވެސް ދަންނަވާފައިވާނެ ކަމަށެވެ.
"އެ ތައްޔާރު ކޮށްގެން އައިހާ އަވަހަކަށް އެކަން ކުރިޔަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ވެހިކަލް ޕާކު ކުރުމާއި ކާރު ރަޖިސްޓްރީކޮށްދިނުން ހުއްޓާލާފައި އޮންނަ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.