ޚަބަރު

ރުގުޔާ ކުރާ މީހެއްގެ ޝިކާރައަކަށްވެފައިވާ މީހުން ހޯދަނީ

އައިދާ އަބްދުލް ހަކީމް

ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށްވެފައިވާ މީހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަކީ އެ ސާވިސްއަށް ހުށަހެޅި ތަހުގީގުކުރަމުން އަންނަ، ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުންދެމުންދިޔަ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

އެގޮތުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، ނަސްރުﷲގެ ފުށުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށްވެފައިވާ އިތުރު ބަޔަކު ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އޭނާގެ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.