ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު އިންޓަޕޯލާ ހިއްސާ ކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި އިންޓަޕޯލްގެ ސެކްރެޓަރީ ޖެނަރަލް ޔޯގެން ސްޓޮކް އާއި ބައެއް މެންބަރުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް 19 އާ ގުޅިގެން ދިމާވާ މައްސަލަތަކާއި އެހެނިހެން ކުށްތަކުގެ މައްސަލަތައް މެނޭޖްކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުުވިއެވެ.
މިބައްދަލުވުމުގައި ސައުތު އޭޝިއާ ޕެސިފިކްގެ ޕޮލިސް ޗީފް އަދި ނެޝަނަލް ސެންޓްރަލްސް ބިއުރޯގެ ހެޑުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވަނީ މިދުވަސްވަރު އެންމެ ގިނައީ ލޮކްޑައުންގެ އަމުރާއި ހިލާފުވުމުގެ ކުށްތައް ކަމަށެވެ. އެގޮތުން ކޮވިޑް 19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން އާ ގުޅިގެން ފުލުހުންވަނީ ގިނަ ބަޔަކު ޖޫރިމަނާކޮށް އަދި ކުށް ތަކުރާރު ވުމުގެ ސަބަބުން ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.