ޚަބަރު

ގުޅިފަޅުގެ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރާއި އީޕީއޭ ކޮމިޓީއަށް ހާޒިރުުކުރަނީ

އިބްރާހިމް ޒަކީ

ކ. ގުޅިފަޅުގައި ގާއިމުކުރާ ޕޯޓް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލައިގައި އެންވަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިސްބޭފުޅުންގެ އިތުރުން އެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމީ ގުޅިފަޅު ހިއްކަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންވަމުންދާ ކަަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ގުޅިފަޅު މައްސަލައާ ގުޅިގެން ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމުން ކޮމިޓީގެ އިސްނެގުމުގެ މަތިން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން މިިހާރު ފަށާފައިވާ ކަމަށާއި މި މައްސަލައާ ގުޅިިގެން އެންވަޔަރަަމަންޓް މިނިސްޓަރާއި، ޕްލޭނިންގ މިނިސްޓަރާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިސްބޭފުޅުންގެ އިތުރުން އެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ކަމަށްވެސް ބުނެފައިވެއެވެ.