ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި

މަރިޔަމް ޝަހުދާ

ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައިި ބުނެފައިވަނީ ބަންގްލަދޭޝްގެ ޑާކާ އަށް އެގައުމުގެ 200 ރައްޔިތުން ގޮވައިގެން މޯލްޑިވިއަންގެ ފުލައިޓެއް މިއަދު ފުރާފައިވާ ކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މި 200 މީހުންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އައި މީހުން ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ސީދާ އަދަދެއްވެސް ހޯދިފައި ނުވާ އިރު، އެ އަދަދު 60000 އަށް ވުރެ ގިނަ ވާނެ ކަމަށް ރަސްމީ އެކި އިދާރާތަކުން ވަނީ އަންދާޒާ ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ބަޔަކު އަނބުރާ ގައުމަށް ފޮނުވައިލުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.