ޚަބަރު

އެމްޓީސީސީ ސީއެސްއާރްގެ ދަށުން ވިލިނގިލީގައި ދަނޑުވެރިކަން ކުރަން ބޮޑު ސަރަހައްދެއް ސާފުކޮށްދީފި

އައިދާ އަބްދުލް ހަކީމް

އެމްޓީސީސީ ސީއެސްއާރްގެ ދަށުން ގއ. ވިލިނގިލީގައި ދަނޑުވެރިކަން ކުރުމަށް 95،650 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސާފުކޮށްދީފި އެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ މި މަސައްކަތަކީ އެރަށު ކައުންސިލްގެ އެދުމުގެ މަތިން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

އެމްޓީސީސީން ބުނީ ރަށްރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް ކޮވިޑާ ގުޅިގެން ދިމާވެފައިވާ ދަތި ދަނޑިވަޅުގައި ދަނޑުވެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ މަގުސަދަކީ މުޖުތަމައަށް ރަނގަޅު ބަދަލެއް ގެނެސްދިނުމުގައި އެހީތެރިވެ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި އެކުންފުނީގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރުން ކަމަށެވެ.