ރާއްޖެއިން ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1003 އަށް އަރައިފިއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1003 އަށް އަރާފައިވާ އިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 1829 އަރައިފައެވެ. މީގެ ތެރެއިން ފަރުވާ ދެމުން އަންނަނީ ޖުމްލަ 1333 މީހުންނަށެވެ. އަދި 488 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 590 އަށް އަރާފައިވާ އިރު، ރާއްޖެއިން ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ. އެގޮތުން އެގައުމުގެ 186 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ނޭޕާލްގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ލަންކާ 9 މީހަކާއި ޕާކިސްތާނުގެ ތިން މީހެއް އަދި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.
ކޮވިޑު ޖެހިގެން މިހާތަނަށް ރާއްޖެއިން ހަ މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެކެވެ.