ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ބޭފުޅަކު އައްޔަނުކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އިންޑިއާއަށް ދިވެހިރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނު ކުރެއްވީ ހެންވޭރު ދޫރިހާ، އާއިޝަތު މުހައްމަދުދީދީ އެވެ.
މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަގާމަށް ފުވައްމުލައް ސިޓީ ދިގުވާނޑު، ނޫރުވާދީ، އަލީ ނަޒީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަގާމަށް، ގަލޮޅު އަލިޝާ، އަހްމަދު ޝަރީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމަށް، މާފަންނު އުނިމާ އަހްމަދު އާދިލްއެވެ.