އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲގެ މުޝީރުކަމަށް ނަޒާކީ ޒަކީ ހަމަޖައްސަވައިފިއެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ މ. އަހުމަދު އާބާދު، މުހައްމަދު ޒަކީ އެމަގާމަށް ހަމަޖެއްސެވީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުން ފާސްކުރުމަށްފަހު، ކައުންސިލަށް ފޮނުވުމުން ކައުންސިލުގެ އަޣުލަބިއްޔަތުން ވެސް އެގޮތަށް ފާސްވުމުން ކަމަށެވެ.
އަދި އެއީ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ލިބިވަޑައިގަންނަވާ ބާރާއި އިޚުތިޔާރުގެ ދަށުން ހަމަޖެއްސެވި މަގާމެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުނެފައިވެއެވެ.