ޚަބަރު

ޗައިނާގެ ސޫޖޯ ސިޓީން މާލޭ ސިޓީ ކައުންސިލަށް 20،000 މާސްކް ހަދިޔާކޮށްފި

އަލީ ޔާމިން

ޗައިނާގެ ސޫޖޯ ސިޓީން މާލެ ސިޓީ ކައުންސިލަށް 20،000 ސާޖިކަލް މާސްކް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް 19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާގެ ސޫޖޯ ސިޓީން 20،000 ސާޖިކަލް މާސްކް މާލޭ ސިޓީ ކައުންސިލަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ޗައިނާއިން ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ ސަރުކާރުންނާއި އެގައުމުގެ ބައެއް ވިޔަފާރިވެރިންގެ އިތުރުން އަމިއްލަ ކުންފުނިތަކުން މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ބައެއް ތަކެތި:

  • ޗައިނާ ފޮރިން މިނިސްޓްރީން: 20،000 ކޭ95 މާސްކު
  • ގުއާންޒީ ރީޖަންގެ ސަރުކާރުން: 18080 މާސްކު، 1500 ކޭ95 މާސްކު، 200 ގޮގުލްސް، 100 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 50 އިންފުރާޑް ތާމޯމީޓާ
  • ޗައިނާ މާޗަންޓްސް ޕޯޓް ގުރޫޕް: 50،000 މާސްކު
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން: 6000 މާސްކު
  • ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން: 20 ކެއާ ބެޑްސް
  • ވާވޭ ޓެކްނޮލޮޖީސް: 10،000 މާސްކު
  • ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ: 3000 މާސްކު އަދި 250 މެޑިކަލް ޕްރޮޓެކްޓިވް ސޫޓު
  • ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް: 5000 މާސްކާއި 300 ގޮގުލް
  • ޖެކް މާ ފައުންޑޭޝަން: 90000 މާސްކު، 10000 އެން95 މާސްކު، 10000 ޑައިގްނޯސްޓިކް ރީޖެންޓް ކިޓު، 10000 ސާމްޕަލިން ސްޓިކް އާއި 10000 ޑިޓެކްޝަން ރީޖެންޓް އެކްސްޓުރެކްޓެންޓް އަދި 10 ވެންޓިލޭޓަރު

މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ޕީޕީއީ އާއި އެހެން ބައެއް ސާމާނުވެސް ވަނީ މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ވަނީ ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާއެއްވެސް ހަދައިދީފައެވެ.