ޚަބަރު

އައިޖީއެމްއެޗް ލެބޯޓްރީން 20،000 އަށްވުރެ ގިނަ ކޮވިޑް ސާމްޕަލް ޓެސްޓުކޮށްފި

އައިދާ އަބްދުލް ހަކީމް

މިހާތަނަށް އައިޖީއެމްއެޗްގެ ލެބޯޓްރީން 20،000 އަށްވުރެ ގިނަ ކޮވިޑް ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުން މަދު ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތްކޮށް ޓެސްޓުގެ ގިނަ ޕްރޮސީޖާތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން ވަނީ އެހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުން މިދަނޑިވަޅުގައި ކޮށްދެމުން އަންނަ ހިދުމަތް ފާހަގަ ކޮށްފައެވެ.

ކޮވިޑް 19 އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ އިތުރުން ޕޮލިސް ލެބް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށް މިހާތަނަށް 1773 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 453 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 5 މީހުން މިބަލީގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.