ރާއްޖެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް މެއި މަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް 45 މައްސަލައެއް ފޮނުވާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި 45 މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއްވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އޮންލައިންކޮށް ކަމަށެވެ.
މީގެ އިތުރުން މި 45 މައްސަލައަކީ 77 ޗާޖް ޝީޓުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި އަތޮޅުތަކުގެ ކޯޓުތަކަށްވެސް މިފަދައިން މައްސަލަތައް ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ކުރިން ބޭނުން ކުތި ފަދައިން ކަރުދާސް ބޭނުން ކުރުމަށް އަލުން އަނބުރާ ނުދިއުމަކީ ރަނގަޅު ކަމެއް ކަމުގައެވެ. އަދި ރާއްޖޭގެ ޖުޑީޝަރީ އެއްކޮށް މުސްތަގުބަލަށް ދަތުރު ކުރަން ޖެހޭ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.