އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދިނުމުގެ ހިދުމަތް އަލުން ފަށައިފިއެވެ.
އޭޑީކޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުދަ ދުވަހަކު އެ ހޮސްޕިޓަލުން ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް މި ހިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.
ވެކްސިން ޖެހުމުގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓު ހެއްދުމަށްވެސް އޭޑީކޭއިން ވަނީ ފަސޭހަ ގޮތްތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން އޭޑީކޭގެ ވެބްސައިޓް http://www.adkhospital.mv/en/page/vaccination-service މެދުވެރިކޮށް، ނުވަތަ ތިރީގައިވާ އެޑްގައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އޭޑީކޭއިން ބުނެއެވެ.
ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭއަން އަލުން ފަށާފައި މިވަނީ ކޮވިޑް 19އާ ގުޅިގެން އެ ހިދުމަތް މެދުކަނޑާލުމަށްފަހުއެވެ.