ޚަބަރު

ހެލިކޮޕްޓަރެއް ބައްލަވައިގަނެ ޖާބިރު ތާރީހުގެ ތެރެއަށް

އަލީ ޔާމިން

5

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގެންފިއެވެ.

ޖާބިރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޑީއާރްޕީގެ ނައިބު ރައީސް އަބްދުﷲ ރިފާއު (ބޮޗޭ) "ވަން" އަށް ވިދާޅުވީ، ޖާބިރު ހެލިކޮޕްޓަރެއް ބައްލަވައިގަތީ ގާތްގަނޑަކަށް 6 ލައްކަ ޑޮލަރަށް ކަމަށާއި މިހާރު ޑައުން ޕޭމެންޓް ދައްކާފައިވާ ކަމަށެވެ.

"ޖާބިރު ބައްދަލަވައިގަނެފައި މިވަނީ ބެލް 206 ބްރޭންޑްގެ ހެލިކޮޕްޓަރެއް. އިޓަލީގެ ބްރޭންޑެއް އެއީ. މިހާރު ހެލިކޮޕްޓަރަށް ދައްކަން ޖެހޭ ޑިޕޮސިޓްވެސް ދައްކާފައިވަނީ" ރިފާއު ވިދާޅުވިއެވެ،

އެ ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިފާއު ވިދާޅުވިއެވެ. ޖުމްލަ ހަ މީހުންގެ ޖާގައިގެ އެ ހެލިކޮޕްޓަރު ދުއްވަން ބަހައްޓަން ބޭނުންވަނީ ދިވެއްސެއް ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ، ހުރިހާ ހުއްދައެއް ލިބި ދެތިން މަސްތެރޭގައި ރާއްޖެއަށް ހެލިކޮޕްޓަރު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއަށް ޕްރައިވެޓް ހެލިކަޕްޓަރެއް ގެނައުމުގެ ހުއްދަ ދިނުމަށް، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގައި ޖާބިރު ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެދިވަޑައިގަންނަވައިފައެވެ. އެ ވުޒާރާއަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިއަކަށް ވުމާ އެކު އޭނާ އުޅެން ޖެހިފައި ވަނީ ވަރަށް އަވަދި ނެތިކޮށް ކަމަށާއި އެހެންކަމުން ދަތުރުތައް ކުރުމަށާއި، ދަތުރުތަކުގައި ހޭދަ ކުރާ ވަގުތު ކުރުކުރުމަށް ޕްރައިވެޓް ހެލިކޮޕްޓަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟