ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

އަލީ ޔާމިން

ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެ ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމައްޗަށް ވެއްޓިފައި އޮއްވައި އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ކުރި މަސައްކަތުން އެ ފޯނު ވިއްކަން އުޅެނިކޮށް ހޯދައިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 30 އަހަރާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ފޯނު މިހާރު ވަނީ އޭގެ ވެރިފަރާތައް އަނބުރާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.