ޚަބަރު

ޔޫކޭން އަންނަ ދިވެހި ދަރިވަރުންނާއެކު ބެލަރޫސްގައި ތިބި 48 ދަރިވަރުންވެސް ރާއްޖެ އަންނާނެ: ފޮރިން މިނިސްޓްރީ

އަލީ ޔާމިން

އިނގިރޭސިވިލާތުން މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ އަންނަ ފްލައިޓުން ދިވެހި 23 ދަރިވަރުން ރާއްޖެ އަންނަ އިރު ހަމަ އެ ފްލައިޓުން ބެލަރޫސްގައި ކިޔަވާ 48 ދިވެހި ދަރިވަރަކުވެސް ރާއްޖެ އަންނަނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަރުމަނުގައި ހުރި ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކު ބެލަރޫސްގައި ތިބި 48 ދިވެހި ދަރިވަރުން ރާއްޖެ އައުމަށްޓަކައި ދަތުރު ފެށުމަށް އިނގިރޭސިވިލާތަށް ގޮސްފައިވާ ކަމަށެވެ.

އެ ދަރިވަރުންނަށް ލޮޖިސްޓިކްސް ކަންކަމުގައި އެހީތެރިވެދޭނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަރިވަރުން ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.