ރައީސް ޔާމީން

ރައީސް ޔާމީން ކާރުކޮޅުގައި ފުލުސް އޮފީހަށް ވަޑައިގެންފި

1

ރައީސް ޔާމީން ދާދިދެންމެ ކާރުކޮޅުގައި ފުލުސް އޮފީހަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ކާރުކޮޅުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އިރު ޕީޕީއެމުން އެންމެ ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޕާޓީން ބުނެފައިވަނީ އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ޕާޓީގެ އޮފީހުން ހިންގަވާފައި ކަމަށެވެ.

ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަނީ ތަހުގީގު ކުރަމުން އަންނަ ފައިސާގެ މައްސަލަތަކަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރާތީ ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ އެ ޕާޓީގެ އޮފީސް ސަރަހައްދުގައި އެކަމާ ދެކޮޅަށް އަދު އުފުލަމުންނެވެ. އަދި ހަމަ އެ ވަގުތު އެމްޑީޕީގެ ސަޕޯޓަރުން ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރާން ޖެހޭ ސަބަބުތައް ހާމަކޮށް އަޑު އުފުލަމުން ދިއުމާ ގުޅިގެން ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތައް ވެސް ހިނގައިފަ އެވެ.

އިތުރު ތަފްސީލް އަންނަނީ....

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟