ކޮވިޑް 19 އާ ގުޅިގެން އައިޖީއެމްއެޗުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެހިގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމުން ބަލިމީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެ ހޮސްޕިޓަލުގައި އޮންލައިން ކްލިނިކްތަކެއް ގާއިމްކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނީ މާދަމާއިން ފެށިގެން އެ ހޮސްޕިޓަލްގެ 16 ޑިޕާޓްމަންޓަކުން އޮންލައިންކޮށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ހިދުމަތް ދޭނެ ދުވަސްތަކާއި އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަން ޖެހޭ ނަންބަރުތައް އައިޖީއެމްއެޗުން ވަނީ އާންމުކޮށްފައެވެ.
އަންހެނުންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
މައިމީހާ އާއި ކުޑަދަރިފުޅުގެ ކްލިނިކް އަދި އާއިލާ ރޭވުމުގެ ކްލިނިކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 3313146 އަށް ގުޅޭނެ. އަންހެނުންގެ ހާއްސަ ބަލިތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 3335333 އަށް ގުޅޭނެ
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7942403 އަށް
- އެތެރެހާށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7291880 އަށް
- ޑައިޓެޓިކްސް އެންޑް ނިއުޓްރިޝަން: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7262879 އަށް
- ނާރުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7260632 އަށް
- ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ކޮންމެ އާދީތައް އަދި ބުރާސްފަތި ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259085 އަށް
- ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ހާއްސަ: (ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259085 އަށް
- އޮޕަރޭޝަން ޑިޕާޓްމަންތް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:30 އިން 14:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7240683 އަށް
- ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259086 އަށް
- ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7259056 އަށް
- ލޮލުގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7288815 އަށް
- ކަށީގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7430807 އަށް
- ދަތުގެ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7226683 އަށް
- ހަމުގެ ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7317862 އަށް
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7353070 އަށް
- ކިޑްނީ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓް: (ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް)
އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރަންޖެހޭނީ 7269307 އަށް
ކޮވިޑް 19ގެ މިހާލަތުގައި ކޮވިޑާއި ނުގުޅޭ ކަންކަމުގައި ރައްކާތެރިކަމާއެކު ފަރުވާ ހޯދުމަށް ހުރި ދަތިތަކުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.