ސިފައިންނަކީ ރައްޔިތުންގެ އިހްތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ބުނި ވައުދު ފުއްދިއްޖެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރައްވައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަކީ ރައްޔިތުންގެ އިހްތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ސިފައިންނާއި ގުޅޭ ގޮތުން ރައްޔިތުން ގަބޫލު ކުރާ ގަބޫލު ކުރުންތަކުގެ ސަބަބުން މިއަދު އެވައުދު ފުއްދިފައިވާ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރައްވައި ސިފައިންނަކީ ރައްޔިތުންގެ އިހްތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވި. މިއަދު އެމްއެންޑީއެފް އާ ގުޅޭގޮތުން ރައްޔިތުން އިހްސާސް ކުރާ އިހްސާސްތަކުން ރައީސްގެ މިވައުދު ފުއްދިއްޖެ ކަމަށް ގަބޫލު ކުރެވޭ" މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިއާ މިހެން ވިދާޅުވެފައި ވަނީ ސިފައިން ކުރަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން އެމުއައްސަސާއިން ކޮވިޑް 19 އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް މިއަދު ރީޓްވީޓް ކުރައްވައެވެ.
ކޮވިޑް 1 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެންމެ ކުރީ ސަފުގައި ތިބެގެން ސިފައިން ކުރަމުން އަންނަ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.