18 އަހަރުން ދަށުގެ ކުއްޖަކު ރޭގަނޑުގެ ވަގުތެއްގައި ގެއިން ނެރެ ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ( ކ. އއ. އދ. ވ) ހިމެނޭ އަތޮޅުގެ ރަށެއްގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓައި މީހަކު އެކުއްޖާއަށް ގޮވައި ބޭރަށް ނެރެ ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.