އަހްމަދު ނިހާން ހުސައިން މަނިކު

ނާށިގަނޑު ހިފައިގެން ނުދުވެ ގައުމު ރައީސް ޔާމީނާ ހަވާލުކުރައްވާ!: ނިހާން

1

ނާށިގަނޑު ހިފައިގެން ނުދުވެ ގައުމު އަވަހަށް ރައީސް ޔާމީނާ ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވައިލައްލައްވައިފި އެވެ.

ނިހާން މިކަމަށް ގޮވައިލެއްވީ އޭނާ މީގެ ކުޑަ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

ނިހާން އެ ޓުވީޓު ކުރެއްވީ، މުސާރަ ދެވޭނެ ވަރަށް ވެސް ދައުލަތުގެ ޚަޒާނާގައި ފައިސާ ނެތް ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝާހިދު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މި މަހުގެ މުސާރަ ދެވޭނެ ވަރަށް ވެސް ދައުލަތުގެ ޚަޒާނާގެ ފައިސާ ނެތް ކަމަށާއި ބަޖެޓު ސަޕޯޓަށް އެހީ ހޯދުމަށް ބޭރުގެ ގައުމު ތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 200 ވަރަކަށް މިލިއަން ޑޮލަރު ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ޝާހިދުގެ އެ ވާހަކަފުޅާ ގުޅުވައިގެން ނިހާންގެ ޓުވީޓުގައި ވިދާޅުވީ "ތިޔަ ނޫން ވަރެއް ނުވާނެ؟!" ކަމަށެވެ.

"ނާށިގަނޑު ހިފައިގެން ނުދުވެ އަވަހަށް އިސްތިއުފާ ދީފަ ގައުމު ސަލާން ނުޖަހައި ފަސް އަހަރު ހިންގި ރައީސް ޔާމީނާ ހަވާލު ކުރައްވާ!" ނިިހާނުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟