ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރު ކުރާ ވަގުތާ ދިމާކަޮށް މަގުތަކަށް ނުކުތުމަކީ އެއްވެ އުޅުމުގެ ގާނޫނާއި ޚިލާފަށް އިތުރު ކުށެއް ކުރުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމާއި ބެހޭ ގާނޫނަށް ރައީސް ޔާމީން ގެންނެވި އިސްލާހާ ގުޅިގެން ތިޔަ ކުރައްވަން އުޅެނީ އިތުރު ކުށެއް ކަމަށެވެ.
އަދި އޭނާވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެގާނޫނުގެ ދަށުން އެތައް ރައްޔިތުންނެއް ޖަލަށްލި ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފުގެ ޓުވީޓުގައި ވިދާޅުވީ ކުރިން އޮތް ގޮތަށް ގާނޫނު އިސްލާހުކުރަން އަދި މިސަރުކާރަށް ވަގުތު ނުލިބޭ ކަމަށެވެ.
މިނިސްޓަރު މަހުލޫފު މިފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައި ވަނީ މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް އެންގުމާއި ގުޅިގެން ޕީޕީއެމްގެ އާންމު މެންބަރުން އެމަނިކުފާނާއެކު ފުލުހުންގެ އިދާރާ ހިމެނޭ ސަރަހައްދަށް އެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.