ޚަބަރު

މީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަން ފަށައިފި

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުންނަށް މިއަދު ހެނދުނު 10:35 ހާއިރު މިފަދަ މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މިއަދު ހެނދުނު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކަރަންޓީނު ފެސިލިޓީއެއްގައިވެސް އަންހެނަކަށް ގަދަކަމުން ގިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށް މިއަދު ފުލުހުން ބުނެފައިވެއެވެ.