ޚަބަރު

ހުރިހާ ތަނަކަށް ލުއި ދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ: ޑރ. ޝަހީމް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ލޮކްޑަންއުންގައި ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ކަމަކަށް ލުއި ދޭއިރު، އެއްވެސް މިސްކިތެއް ބަންދު ކޮށްފައި ބެހެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަންދީގެން މިސްކިތް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލަން ޖެހޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓް ---

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުންގައި އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބައެއް ވިޔަފާރިތައް ހުޅުވާލައި ހޮޓާ ރެސްޓޯރެންޓް ތަކުން ޑެލިވަރީގެ ހިދުމަތުގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކުން ވަކި ދުވަސް ތަކެއްގައި ހިދުމަތް ލިބޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.