ޚަބަރު

ސަރުކާރު އައުމުގެ މައިގަނޑު މަގުސަދަކީ ރައީސް ޔާމީން އާއީ ތާއީދު ކުރާ ފަރާތްތައް ހައްޔަރުކުރުން: އަދުރޭ

އަހުމަދު ޖައިޝަން

2

އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމުގެ މައިގަނޑު މަގްސަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެކަނިކުފާނަށް ތާއީދު ކުރައްވާ ކުރީގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރީންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރުން ހައްޔަރު ކުރެއްވުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރު އައީ ޒާތީ ހަސަދަ ފިލުވަން. ބަދަލު ހިފަން. އެ ރޫހުގައި އައީ. ސަރުކާރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރެއްވުމަށް ވަނީ އަންގަވާފައެވެ. އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ޔާމީނަކީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފާނެތީ ނުވަތަ ހައްޔަރުކޮށްފާނެތީ އެކަމާ ބިރުފުޅުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟