ޚަބަރު

ރައީސް ޔާމީން މާދަމާ ފުލުހަށް ވަޑައިންނަވާނީ ހިންގަވާފައި: އަދުރޭ

އަހުމަދު ޖައިޝަން

2

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރުވެވަޑައިންނަވާނެ ކަމަށާއި އަދި ފުލުހަށް ވަޑައިންނަވާނީ ޕީޕީއެމް އޮފީހުން ހިންގަވާފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިހާރު ޕީޕީއެމް އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

އަދި ފުލުހަށް ވަޑައިންނަވާނީ އެތެރެ ނުފެންނަ ބިއްލޫރި ޖެހި ކާރުގައި ނޫން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟