ޝެއިޚް އަލީ ޒައިދު

އިމްރާނާއި މަލީހަށް ޒައިދުގެ އިލްތިމާސެއް: ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވާ!

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވުމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲއާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށް ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު އިލްތިމާސްކުރައްވައިފިއެވެ.

ބަރަހަނާ ވެބްސައިޓްތައް ބޮލްކްކޮށްދެއްވުމަށް ޒައިދު އިލްތިމާސްކުރައްވާފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބަރަހަނާ ވެބްސައިޓްތައް ބޮލްކްކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކޮޑެއްވުން އެދި ހޯމް މިނިސްޓަރު އިމްރާން އަދި ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އިލްމާސްކުރަން. މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން. އިސްލާމީ ގައުމެއްގައި މި އެއްޗެއްސަށް އެކްސަސް ދެވިގެން ނުވާނެ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.