ޚަބަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އައިސީޓީ ދާއިރާގެ ލަފުޒުތައް އެކަޑެމީން ފާހެއް ނުކުރޭ: ދިވެހިބަހުގެ އެކަޑެމީ

މަރިޔަމް ޝަހުދާ

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އައިސީޓީ ދާއިރާގެ ދިވެހި ލަފުޒު ތަކަކީ ދިވެހި ބަހުގެ އެކެޑެމީން ފާސްކޮށްފައިވާ ލަފުޒުތަކެއް ނޫން ކަމަށް އެ އެކެޑެމީން ބުނެފިއެވެ.

ދިވެހި ބަހުގެ އެކަޑެމީން މިހެން ބުނީ މިއަދު އެ އެކެޑެމީން ކުރި ޓުވީޓެއްގައެވެ.

އެ އެކަޑެމީން ވަނީ މި ލަފުޒުތަކަކީ އެއްވެސް ގޮތެއްގައި އެ އެކަޑެމީއާއި ގުޅުން ހުރި ލަފުޒުތަކެއްވެސް ނޫން ކަމަށް ބުނެފައެވެ.

ދިވެހިބަހުގެ އެކަޑެމީން އަންނަނީ ދިވެހިބަސް އާލާކޮށް ކުރި އެރުވުމުގެ ގޮތުން އިނގިރޭސި ލަފުޒުތަކުގެ ބަދަލުގައި އާ ދިވެހި ލަފުޒުތައް ކަނޑައަޅަމުންނެވެ. މިފަދަ އާ ލަފުޒުތަކާއެކު އެ އެކަޑެމީން ވަނީ ފޮތެއްވެސް ނެރެފައެވެ.